އާންމުންނަށް ދޭ ޔަޤީންކަން
ސަރވިސް ޗާޓަރު
ދ. އަތޮޅު މަދަރުސާއިން ޚިދުމަތް ހޯދަން އަންނަ ކޮންމެ ފަރާތަކަށް ޚިދުމަތް ފޯރުކޮށްދޭ ގޮތާއި، ޚިދުމަތުގެ ފެންވަރާއި، ކޮންމެ ޚިދުމަތަކަށް ހޭދަވާނެ މުއްދަތާއި، އަޅުގަނޑުމެންނާ ގުޅުއްވާނެ ގޮތް.
1ފެށުން
މިއީ، ދ. އަތޮޅު މަދަރުސާ (މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ކޯޑް: GS31) އިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިރުޝާދުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.
2ސަރވިސް ޗާޓަރުގެ މަޤްޞަދު
މި ސަރވިސް ޗާޓަރުގެ މަޤުޞަދަކީ، ސްކޫލުން ޚިދުމަތް ލިބިގަންނަ ނުވަތަ ޚިދުމަތަކަށް އެދޭ އެންމެހައި ފަރާތްތަކަށް، ފަސޭހަކަމާއި، ހާމަކަމާއެކު އެއް މިންގަނޑަކުން ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެގޮތް ހާމަކުރުމެވެ.
3ސްކޫލުގެ ތަސައްވުރު
އުމުރުދުވަހަށް ދެމިގެންދާ ތަޢުލީމެއް ފޯރުކޮށްދޭ ސްކޫލަކަށްވުން
4ސްކޫލުގެ އަމާޒު
ކޮންމެ ދަރިވަރަކަށް އެކުއްޖެއްގެ ފުރިހަމަ ޤާބިލުކަމަށް ވާޞިލުވުމަށް ހިތްވަރާއި ބާރު ލިބިދީ، އިޙްތިރާމާއި، ޒިންމާދާރުކަމާއި، ޞިއްޙަތު ރަނގަޅު ވާދަވެރިކަމުގެ ރޫޙު ކުރިއަރުވައި، ވިސްނުންތެރި، ޙަރަކާތްތެރި، އޯގާތެރި ދުނިޔެއެއްގެ ރައްޔިތަކަށް ތައްޔާރުކުރުމަށް ދ. އަތޮޅު މަދަރުސާއިން މަސައްކަތްކުރުން.
5ސްކޫލުގެ ސިފަތައް
6ސްކޫލުގެ މެންޑޭޓް
ދ. އަތޮޅު މަދަރުސާއިން ތަންފީޒުކުރަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މެންޑޭޓެވެ: https://presidency.gov.mv/Pages/dv/118
7ސްކޫލުގެ ޚިދުމަތް ހޯދުމަށް
އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް (ރަސްމީ ދުވަސްތަކުގައި) 6:40 ން 14:00 ށް
ދ. އަތޮޅު މަދަރުސާ، ފަރީދީމަގު، ދ.މީދޫ 13010، ދިވެހިރާއްޖެ
ރަސްމީ ގަޑީގައި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. admin@dhatollschool.edu.mv އަށް އީމެއިލް ކޮށްގެންވެސް ހޯދޭނެއެވެ. ފުރިހަމަކުރި ފޯމު ހުށަހަޅާނީ އޮފީސް ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
—
ޝާހުނާޒް އިސްމާއީލް / ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް / 9754209
8ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ވެވޭ އިޤްރާރު
- ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހިނިތުންވުމާއިއެކު މަރުޙަބާ ކިޔާނަމެވެ.
- ސްކޫލަށް އަންނަ ފޯނު ކޯލްތަކަށް 5 ރިންގް ގެ ތެރޭގައި ޖަވާބު ދޭނަމެވެ. އަދި ފޯނަށް ޖަވާބުދާރީވާ މުވައްޒަފުގެ ނަމާއި ސެކްޝަންގެ މަޢުލޫމާތު ދޭނަމެވެ.
- ސްކޫލަށް ލިބޭ ސިޓީތަކާއި އީމެއިލްތަކަށް، އަދި ޚިދުމަތަކަށް އެދި ހުށަހަޅާ ހުށައެޅުންތަކަށް، ދުވަހުން ދުވަހަށް ޖަވާބުދެވޭނެ ކަންކަމަށް އެދުވަހު ޖަވާބު ދިނުމާއި، އެނޫން ހާލަތްތަކުގައި ރަސްމީ މަސައްކަތު ދުވަހުގެ 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެވެ. އެހެން އިދާރާއަކުން ލަފައެއް ނުވަތަ މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ ކަންކަމަށް، ރަސްމީ މަސައްކަތު 7 ދުވަހުގެ ތެރޭގައި ޖަވާބު ދޭނަމެވެ. ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައި، ލަސްވާ ސަބަބާއެކު އެކަން އަންގާނަމެވެ. އަދި ހުށައެޅުއްވި ކަންތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު އޮޅުންފިލުއްވުމަށް ގުޅުއްވާނެ ފޯނު ނަންބަރު ދޭނަމެވެ.
- ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދީ، އިޙްތިރާމް ކުރުމާއެކު، ރިވެތި ގޮތުގައި މުޢާމަލާތް ކުރާނަމެވެ.
- ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދީ، އިތުރަށް ކުރިއަށްދާންވީ ގޮތް ބުނެދޭނަމެވެ.
9އަޅުގަނޑުމެންގެ ފަރާތުން ތިޔަ ބޭފުޅުން އުންމީދު ކުރަންވީ ކަންތައްތައް
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ނުވަތަ ލިބޭ ފޯނުކޯލްތަކަށް ރަޙުމަތްތެރިކަމާ، އޯގާތެރިކަމާ، އިޙުތިރާމާއެކު މަރުޙަބާ ކިޔާ ޖަވާބު ދިނުން.
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު، އަވަސް ޚިދުމަތެއް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުން.
- ނަޒާޙަތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން.
- ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ހިތްހަމަޖެހޭ އަދި ބަލައިގަންނަ ޚިދުމަތްތަކަކަށް ހެދުން.
10ޚިދުމަތް ހޯއްދަވާ ފަރާތުގެ ޒިންމާ
- ޞައްޙަ މަޢުލޫމާތު ދިނުން
- ތެދުވެރިކަމާ އަމާނާތްތެރިކަން
- ވަގުތަށް ސަމާލުކަން ދިނުން
- އަދަބުވެރިކަމާއި އެކު މުޢާމަލާތް ކުރުން
- ލިޔެކިޔުންތައް ފުރިހަމަ ކުރުން
11ސްކޫލުން ފޯރުކޮށްދޭ ޚިދުމަތްތައް
1އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
ރަސްމީ ގަޑީގައި އަންނަ ފޯނު ކޯލްތަކަށް 5 ރިންގްގެ ތެރޭގައިޖަވާބު ދިނުން އަދި މިސް ކޯލެއް އިން ނަމަ ކޯލް ބެކް ކުރުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
—
ހޭދަވާނެ މުއްދަތު
—
2އިމާރާތާ ތަކެތި ކުއްޔަށް ދޫކުރުން3 ދުވަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
އިމާރާތާއި ތަކެތި ކުއްޔަން ހިފަން އެދޭ ފަރާތްތަކަށް މާލިއްޔަތުގަވައިދާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކުއްޔަށްދިނުމަށް އަމަލު ކުރާ އުސޫލާއި އެއްގޮތަށް ކުއްޔަށް އެދޭފަރާތް ފުރިހަމަ ކުރަންޖެހޭ ފޯރމްތައް ފުރިހަމަ ކުރުމާއި ފައިސާ ބަލައިގަތުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ކުއްޔަށް އެދޭ ފޯމް
- ޚިދުމަތަށް އެދޭ ފަރާތުގެ މައުލޫމާތު
- ޕެއިމެންޓް ރިސިޕް
ހޭދަވާނެ މުއްދަތު
ކުއްޔަށް އެދި ސިޓީ ލިބޭ ތާރީޚުން ފެށިގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި، ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން ލިޔުމުން އަންގާނެއެވެ.
3ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން7–12 ދުވަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
- އިޢުލާން ގެޒެޓްކުރުމާއި، ނަންނޯޓްކުރުމަށް މުއްދަތު ދިނުން
- މަޢުލޫމާތު ދިނުމަށް އަންނަ ފަރާތްތަކުގެ ނަންނޯޓްކުރާ ޝީޓް ތައްޔާރުކޮށް، ހާޒިރުވި ފަރާތްތަކަށް ކޮޕީ ދިނުން
- ބިޑް ފޮތް ތައްޔާރުކުރުން
- ބިޑް ކޮމިޓީގެ ނިންމުމާ ގުޅޭގޮތުން ބީލަންވެރިންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުން
- އެގްރީމެންޓް ކުރުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ބިޑް ޑޮކިއުމެންޓްގައި ހިމެނޭ ހުރިހާ މައުލޫމާތެއް ހިމެނޭ ލިޔުންތައް
- ބިޑް އިވެލުއޭޓް ކުރި ޝީޓް
- މަސައްކަތުގެ އެގްރީމެންޓް
ހޭދަވާނެ މުއްދަތު
ރަސްމީ ބަންދުނޫން 07 ދުވަހާއި 12 ދުވަސް
4އަލަށް ފަށާ ދިރާސީ އަހަރަށް ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖް، ގްރޭޑް 1 އަދި އެކި އެކި ގްރޭޑްތަކަށް ވައްދާ ކުދިންގެ އެންމެހާ ކަންކަން ކުރުން.1 މަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
- ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖް، ގްރޭޑް 1 ށް ދަރިވަރުން ވެއްދުމަށްޓަކައި ހުޅުވާލުމުން މި މިނިސްޓްރީގެ "ދަރިވަރުން ސަރުކާރު ސްކޫލަށް ވައްދަން އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު އޮންލައިންކޮށް ހުށައެޅުން.
- މި ފޯމްގެ ލިންކު އެޑްމިޝަންއަށް ހުޅުވާލުމުން މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ދިވެހި ދަރިވަރެއްނަމަ:
- ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ
- ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ
- ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަ ނަމަ)
- އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)
- ބިދޭސީ ދަރިވަރެއްނަމަ:
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ދަރިވަރުގެ)
- މުއްދަތު ހަމަނުވާ ވިސާ ކޮޕީ (ދަރިވަރު އަދި ބެލެނިވެރިޔާގެ)
- ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަނަމަ)
- އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ބެލެނިވެރިޔާގެ)
- މުއްދަތު ހަމަނުވާ ވޯކް ޕާމިޓް
- ދިރިއުޅޭ ގޭގެ މައުލޫމާތު:
- އަމިއްލަ ގެއެއްނަމަ – ގޭގެ ރަޖިސްޓްރީ ހުށައެޅުން
- ކުއްޔަށް ދިރިއުޅޭނަމަ – އެގްރީމެންޓް ކޮޕީގެ ފުރަތަމަ އަދި ފަހު ސަފްހާ (ސޮއި ކޮށްފައިވާ ސަފްހާ) ހުށައެޅުން
- ބެލެނިވެރިޔާ ނޫން އެހެން ފަރާތަކުން ކުއްޔަށް ނަގާފައިވާ ގެއެއް ނުވަތަ އެޕާޓްމެންޓެއް ނަމަ – އެގްރީމެންޓް ކޮޕީ އަދި ދަރިވަރުގެ ބެލެނިވެރިޔާ އަދި ދަރިވަރު އެޕާޓްމެންޓް / ފްލެޓް / ގޭގަ ދިރިއުޅޭ ނުވަތަ ދިރިއުޅެން އެއްބަސްވެފައިވާކަމަށް ސޮއި ކޮށްފައިވާ ލިޔުން. މިލިޔުމާއި އެކު ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ އެޓޭޗްކުރަންވާނެއެވެ.
ހޭދަވާނެ މުއްދަތު
ފޯމް ހުށައަޅާ ތާރީހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ. ޖަވާބު ދިނުމަށް އިތުރު ވަގުތު ހޭދަވާނަމަ، ޖަވާބު ދިނުން ލަސްވާ ސަބަބު އަންގާނެއެވެ.
5ދަރިވަރު އެއް ސްކޫލުން އެނެއް ސްކޫލަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.3–5 ދުވަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
- ދަރިވަރު މިހާރު ތަޢުލީމު ޙާޞިލުކުރަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށްޓަކައި، " ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު ST-01" ފުރިހަމަ ކުރުމަށްފަހު ބެލެނިވެރިޔާ ހުށަހަޅާނީ ނުވަތަ އީމެލް ކުރާނީ މިހާރު ދަރިވަރު ކިޔަވަމުން އަންނަ ސްކޫލަށެވެ.
- މި ފޯމް، މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން ސިޓީ/ރަށުގެ އެހެން ސްކޫލަކަށް ބަދަލުކުރުމަށްޓަކައި "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން ސިޓީ/ރަށުގެ އެހެން ސްކޫލަކަށް ބަދަލުވުމަށް އެދޭ ފޯމު ST-02" ( މާލެ ސަރަހައްދު ފިއަވައި ) ފުރިހަމަ ކުރުމަށްފަހު ބެލެނިވެރިޔާ ހުށަހަޅާނީ / އީމެލް ކުރާނީ މިހާރު ދަރިވަރު ކިޔަވަމުން އަންނަ ސްކޫލަށެވެ.
- މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށްޓަކައި "މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރު ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމު"ST-03 ( ހަމައެކަނި މާލެ ސަރަހައްދު) ފުރިހަމަ ކުރުމަށްފަހު ބެލެނިވެރިޔާ ހުށަހަޅާނީ / އީމެލް ކުރާނީ މިހާރު ދަރިވަރު ކިޔަވަމުން އަންނަ ސްކޫލަށެވެ.
- ހުރިހާ ލިޔެކިޔުމެއް ފުރިހަމަވުމުން ދަރިވަރު ބަދަލުކުރެވޭނީ މީމިސް (MEMIS) މެދުވެރިކޮށެވެ. ރާއްޖެއިން ބޭރަށް ދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އަންގާނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ދަރިވަރު ސްކޫލް ބަދަލު ކުރަން އެދޭ ފޯމް ( އެސް.ޓީ ފޯމް)
- ދަރިވަރުގެ އައިޑީ ކާރޑްކޮޕީ
- ގޭގެ އެގްރިމެންޓް
ހޭދަވާނެ މުއްދަތު
- ރަސްމީ ބަންދުނޫން 03 ދުވަހާއި 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
- ޖަވާބު ދިނުމަށް އިތުރު ވަގުތު ހޭދަވާނަމަ، ޖަވާބު ދިނުން ލަސްވާ ސަބަބު އަންގާނެއެވެ.
6ސަރުކާރު އަދި ދައުލަތުގެ މުއައްސަސާތަކުން ސިޓީ ފޮނުވުން3–5 ދުވަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
- ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް admin@dhatollschool.edu.mv އަށް ފޮނުވުން.
- ޖެމްސް މެދުވެރިކޮށް ސިޓީ ފޮނުވުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
—
ހޭދަވާނެ މުއްދަތު
ރަސްމީ ބަންދުނޫން 03 ދުވަހާއި 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
7އަމިއްލަ ފަރާތްތަކުން އީމެއިލް އަދި ސިޓީ ފޮނުވުން3–5 ދުވަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
އާންމު ފަރާތްތަކުން ސިޓީ އަދި އީމެއިލް admin@dhatollschool.edu.mv އަށް ނުވަތަ ސްކޫލުގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
—
ހޭދަވާނެ މުއްދަތު
ރަސްމީ ބަންދުނޫން 03 ދުވަހާއި 05 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
8އިސްވެރިޔަކާ ބައްދަލުކުރުން3–5 ދުވަސް
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
- ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް admin@dhatollschool.edu.mv އަށް ހުށަހެޅުން
- ފޯނު މެދުވެރިކޮށް 7952915
- ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
—
ހޭދަވާނެ މުއްދަތު
ބައްދަލުކުރުމަށް އެދޭތާ ރަސްމީ ބަންދުނޫން 03 ދުވަހާއި 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
9ސްކޫލަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން (ދަރިވަރުންގެ ފީ އަދި ޗާޖުތައް)8:00–12:00
ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް
ދަރިވަރުންގެ ބެޖް، ސޭޝް، ލީވިންގ ސެޓްފިކެޓް ފީ، އިމްތިޙާން ފީ، އަދި ޓެބްލެޓް ނުވަތަ ސްކޫލުގެ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ ބަލައިގަތުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ދަރިވަރުގެ ނަމާއި ކްލާސް
- ފައިސާ ދައްކާ ތަކެތި ނުވަތަ ފީ
ހޭދަވާނެ މުއްދަތު
- ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން 12:00 ށް ސްކޫލުގެ އޮފީހުން
- ނުވަތަ ކޮންމެ ވަގުތެއްގައި ބަނޑޭރި ޕޯޓަލް (bandeyripay.finance.gov.mv) މެދުވެރިކޮށް
12ޚިދުމަތާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅާނެ ގޮތް
ސްކޫލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ، ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް އެކަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ރިސެޕްޝަން ކައުންޓަރ (ރަސްމީ ދުވަސްތަކުގައި 6:40 ން 14:00 ށް)
އީމެއިލް – admin@dhatollschool.edu.mv، ނުވަތަ ސްކޫލަށް ސިޓީއަކުން
ފޯނު – 7952915 (ސްކޫލުގެ އޮފީހުގެ އާންމު ނަންބަރު)
ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވާ ޝަކުވާ ހުށަހަޅާ ޗެނަލްތައް
13ޝަކުވާ ލިބުމުން ޢަމަލުކުރާނެ ގޮތް
- 1
ޝަކުވާއެއް ހުށަހެޅުމުން، އެ ޝަކުވާއަކާ ގުޅިގެން އިދާރާއިން ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދޭނަމެވެ.
- 2
ޝަކުވާ ލިބޭތާ (ސަރުކާރު ބަންދުނޫން) 3 ދުވަހުގެ ތެރޭގައި، އެކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތާއި ހޭދަވާނެ މުއްދަތު ޝަކުވާ ހުށަހެޅި ފަރާތަށް އަންގާނަމެވެ.
14މުހިންމު ލިންކުތައް
ވެބްސައިޓް / ޕޯޓަލް ގައިވާ މުހިންމު ލިންކްސްތައް
